
ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ފިހިފައިވާ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ. އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭގައި ފަރުވާދެމުންދިނުމަށް ފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެއާ އެމްބިއުލާންސްގަ އެވެ. ސްޓެލްކޯގެ ހަރަދުގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުގައި މިހާރު ވަނީ އޭނާގެ ފަރުވާ ފަށައިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް2025 ނޮވެމްބަރު 26
މިދިޔަ 2 އަހަރުގެ ކަރަންޓް ބިލްތަކުން ޖުމްލަ 118 މިލިއަން ރުފިޔާ ޑިސްކައުންޓް ދީފައިވޭ: ސްޓެލްކޯ2025 ނޮވެމްބަރު 19
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި2025 ސެޕްޓެމްބަރު 07
މަރާމާތުގެ މަސައްކަތް ނިންމާ، މާލެއާއި ހުޅުމާލެއަށް ކަރަންޓްދީފި2025 އޯގަސްޓު 23