.jpg&w=3840&q=75)
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް
ޒައުޖަތު އަޙުމަދުހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހިނގައިދިޔަ ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ފިހުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އޭޑީކޭއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
" މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި ކުންފުނީގެ ފަރާޓުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެ މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މި ދަނީ ކުރަމުންނެވެ." ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ފުލުހުން ވެސް ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އެދިފައި ވަނީ އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލުތަކުން ދުރުހެލިވުމަށާއި ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައި ނުވާ މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް ފުރަތަމަ ފަރުވާދިން ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓް ދީފި2025 ޑިސެމްބަރު 04
ލ. ގަން ތުނޑި އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި2025 ޑިސެމްބަރު 03
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް2025 ޑިސެމްބަރު 01