
މިދިޔަ 2 އަހަރުގެ ކަރަންޓް ބިލްތަކުން ޖުމްލަ 118 މިލިއަން ރުފިޔާ ޑިސްކައުންޓް ދީފައިވޭ: ސްޓެލްކޯ
ޒައުޖަތު އަޙުމަދުމިދިޔަ 2 އަހރުގެ ކަރަންޓް ބިލްތަކުން ޖުމްލަ 118 މިލިއަން ރުފިޔާ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، ބަރަކާތްތެރި ރަމަޟާން މަހު ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާއި އެއްގޮތަށް، ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ހުރިހާ ސަރަޙައްދެއްގައި ބިލްތަކުން ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
އެގޮތުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ މާރިޗު އަދި އޭޕްރީލް މަހުގެ ބިލްތަކުން ޖުމްލަ 118،100،862.94 ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ރަމަޟާން މަހު ވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރޯދަމަހު ކަރަންޓް ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށާއި ބިލުގެ ބާކީ ބައި އެއީ ޑިސްކައުންޓް ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުން ކަމުގައި ވެގެންދިޔަ "ދިވެހީންގެރާއްޖެ" ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހާނެ ކަމަށާއި އޭގެ އިތުރުން ކަރަންޓް ބިލުން ނަގާ މިންވަރު ކުޑަކޮށް ދެއްވާނެ ކަމަށެވެ.
ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމުގެ އިތުރުން މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. އަންނަ ރޯދަމަހު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހާނެ ކަމަށް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހަދިޔާ ދޭންފެށީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ އަހަރު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަހާފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް2025 ޑިސެމްބަރު 01
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް2025 ނޮވެމްބަރު 26
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި2025 ސެޕްޓެމްބަރު 07
މަރާމާތުގެ މަސައްކަތް ނިންމާ، މާލެއާއި ހުޅުމާލެއަށް ކަރަންޓްދީފި2025 އޯގަސްޓު 23