
މަރާމާތުގެ މަސައްކަތް ނިންމާ، މާލެއާއި ހުޅުމާލެއަށް ކަރަންޓްދީފި
ޒައުޖަތު އަޙުމަދުމަރާމާތުގެ މަސައްކަތް ނިންމާ، މާލެއާއި ހުޅުމާލެއަށް ކަރަންޓްދީފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް މިހާރު ވަނީ އާންމު ޙާލަތަކަށް ގެނެވިފައި ކަމަށެވެ.
އެ ކުންފުނިން ބުނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި ކަމަށެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައި ވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުންނާއި މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން ކަމަށެވެ.
ފަހުމީ ވަނީ މިއަދުގެ މަސައްކަތުގައި ބައިވެރިވި ސްޓެލްކޯގެ މުޅި ޓީމަށް ތަޢުރީފް ކުރައްވައިފައެވެ.
އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނު، މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި ނިއްވާލާނެ ކަމަށް ސްޓެލްކޯއިން އިއްޔެ ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް2025 ޑިސެމްބަރު 01
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް2025 ނޮވެމްބަރު 26
މިދިޔަ 2 އަހަރުގެ ކަރަންޓް ބިލްތަކުން ޖުމްލަ 118 މިލިއަން ރުފިޔާ ޑިސްކައުންޓް ދީފައިވޭ: ސްޓެލްކޯ2025 ނޮވެމްބަރު 19
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި2025 ސެޕްޓެމްބަރު 07