.jpg&w=3840&q=75)
ލަންކާގައި ޙާލުގައި ޖެހުނު ދިވެހި 3 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި
ޒައުޖަތު އަޙުމަދުސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ މާލަބޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ތާށިވެފައިތިބި ދިވެހި 3 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނެފިއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހައިކޮމިޝަނުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިގޮތުން ދިވެހި 3 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ ޢާއިލާތަކުގައި ކުޑަކުދިން ހިމެނޭހެން 12 މީހުން ތިބިކަމަށާއި އެ ޢާއިލާތައް، އެމީހުންގެ ޢާއިލާގެ މީހުންނާއި ރައްޓެހިންގެ ގެތަކަށް ބަދަލުކޮށްފައިވާކަމަށާއި އަދި އެއް ޢާއިލާއެއް އެމީހުން އަމިއްލައަށް ހޮޓަލަކަށް ބަދަލުވެފައިވާކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.
ހައިކޮމިޝަނުން ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ނަންބަރު ލިބިފައިވާ އެންމެނަށް ގުޅާ ޙާލު ބަލާފައިވަކަމަށާ އެގޮތުން 1273 ފަރާތަކަށް ގުޅާ ޙާލު ބަލާފައިވާކަމަށެވެ. އަދި އެމީހުންގެ ޙާލަތަު ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާއި އެހީތެރިކަން ބޭނުންވާނަމަ އެންގުމަށް އިލްތިމާސްކޮށްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ލަންކާގައި ދިރިއުޅޭ މީހުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ލަސްނުކޮށް ހައިކޮމިޝަނަށް އެންގުމަށާއި އަދި ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުފެށުމުގެ ކުރިން އެ ޤައުމުގެ ޙާލަތާއި ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅައިގެން ކަންކަން ކަށަވަރު ކުރުމަށްފަހު ދަތުރުކުރުމަށް ހައިކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ހައިކޮމިޝަނުން ވަނީ މިހާތަނަށް 45 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި2025 ޑިސެމްބަރު 03
ދިވެހިންގެ ފަރާތުން ހަދިޔާކުރާ މަސްދަޅު ހިފައިގެން ލަންކާއަށް ދާން ފުރައިފި2025 ޑިސެމްބަރު 03
ލަންކާގެ ޝުކުރު ދިވެހީންނަށް: "އަހަރުމެން އެހީއަށް ޖެހުނު ވަގުތު އެ މީހުން މި ދިން އެހީތެރިކަން، ދުވަހަކު ވެސް ހަނދާން ނުނެތޭނެ"2025 ޑިސެމްބަރު 02
ފުރަތަމަ ރަސްމީ ދަތުރުގައި ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިނގައްޖެ2025 ޑިސެމްބަރު 01