logo
logo
މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރައިފި

މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރައިފި

2025 ނޮވެމްބަރު 27
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.

މި އަހަރު ރާއްޖެ ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ބެތެނީ ސާރާ އެވެ. ބެތެނީ ރާއްޖެ ޒިޔާރަތްކުރީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ.

ވާޖިން އެޓްލާންޓިކް ފަލައިޓްގައި ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ފުރައިގެން މިއަދު 11:15 ގައި ރާއްޖެ ޒިޔާރަތްކުރި މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމްގެ އިތުރުން ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީގެ ޕާޓްނަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

 

 

އެއް އަހަރުތެރޭ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދެމިލިއަނަށް އެރީ މިދިޔަ 2024 ވަނަ އަހަރުއެވެ. ސަރުކާރުން މިއަހަރު އަމާޒު ކުރަނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް