
މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތްވެއްޖެ!
ޒައުޖަތު އަޙުމަދުމިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތްވެއްޖެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.94 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.77 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2 މިލިޔަން ފަތުރުވެރިން ހަމަވާން ދެން ބޭނުންވަނީ 50،587 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށް އައިސްފައި ވަނީ 122،479 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. ދެން ރަޝިޔާއިންނެވެ. 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެއަށްފަހު ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުވިލާތް އަދި އިޓަލީވިލާތްކަން ފާހަގަ ކުރެވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެއެވެ.
މި ދިޔަ 2024 ވަނަ އަހަރު، 2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ އެއް އަހަރުތެރޭ 2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އިތުރު ރެކޯޑެއް، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރަކަށް މިއަހަރު!2025 ޑިސެމްބަރު 28
6 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްގެ ލަގަބު ރާއެްޖެއަށް ލިބިއްޖެ 2025 ޑިސެމްބަރު 07
ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ނަފާ ލިބޭގޮތަށް ޤާނޫނު އިޞްލާޙްކޮށް ޢަމަލުކުރަންފަށައިފި2025 ޑިސެމްބަރު 06
މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރައިފި2025 ނޮވެމްބަރު 27