logologologologo
STO
ޚަބަރު

ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ދިވެހި ފަސްގަނޑުގައި ދިރި ވޭ: ރައީސް

ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ދިވެހި ފަސްގަނޑުގައި ދިރި ވޭ:  ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ނޮވެމްބަރު 23

ދޮންބަންޑާރައިންގެ ޖިހާދުގެ ހަނދާންތައް ދިވެހި ފަސްގަނޑުގައި ދިރި ވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީކަން ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމާލައްވާފައި ވަނީ މިއަދު ފާހަކުރަމުންދާ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ހުރަވީ ދުވަސް ފާހަގަ ކުރަނީ ޤައުމީ ބަޠަލު ދޮންބާޑަރައިންގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 2 ވަނަ ދުވަހު ކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް