logologologologo
STO
ޚަބަރު

އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ

އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ނޮވެމްބަރު 18

ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އަންނަ އަހަރުން ފެށިގެން އާސަންދަ ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ސޯޝަލް ސެންޓުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.

"މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ރައީސް ވަނީ މިރޭ ފާހަގަކުރައްވައިފަ އެވެ. އެކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމަށެވެ. އެގޮތުން ގުރައިދޫގައި ހުންނަ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފުރަތަމަ ފަހަރަށް ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަފްސާނީ ފަރުވާއަކީ އަމިއްލަ ކްލިނިކްތަކުގައި އަގު ބޮޑު ޚިދުމަތަކަށްވާއިރު، އާސަންދައިގެ ތެރެއިން މިވޭ މުއްދަތުގެ ތެރޭގައި މިޚިދުމަތް ނުލިބޭތީ ގިނަ ފަރާތްތަކަކުން، އެކި ފަންޑުތަކުގެ އެހީގައި ނަފްސާނީ ބަލީގެ ފަރުވާ ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ފަރުވާގެ އަގު ބޮޑުވުމަކީ ގިނަ ބަޔަކު މިޚިދުމަތް ނުހޯދާ ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާކަމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް