ދިއްލީގެ ރެޑް ފޯޓުގައި ހިނގި ގޮވުމުގެ ހާދިސާގައި ބަޔަކު މަރުވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ ދިއްލީގައި ހުންނަ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގައި މިރޭ ހިނގި ގޮވުމުގެ ހާދިސާގައި ބަޔަކު މަރުވެ، އަދި އިތުރު ބަޔަކަށް އަނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާވި މީހުުންގެ އާއިލާތަކާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ބައިބޯ ސަރަޙައްދެއްކަމަށްވާ ރެޑް ފޯޓު ސަރަހައްދުގައި މި ހާދިސާ ހިނގީ އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ. އެ ގޮވުމަށް ފަހު އިންޑިޔާގެ މުމްބާއީއާއި، އެންމެ ބައިބޯ ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝް އޮތީ ސަލާމަތީގޮތުން ތައްޔާރީ ޙާލަތުގައެެވެ.
30 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަދި ސަލާމަތީ ކަންކަން ވަަރުގަދަ ނިއު ދިއްލީގައި މި ފަދަ ހާދިޘާތައް މަދުން ނޫނީ ނުހިނގައެވެ. ރެޑް ފޯޓަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަޤުބޫލު ސަރަޙައްދެކެވެ.
އިތުރަށް





.gif.gif&w=828&q=100)
