
ހަނިމާދޫ އެއާޕޯޓުގެ 72 ޕަސެންޓް މަސައްކަތް ނިންމީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން: ޝަރީފް
ޒައުޖަތު އަޙުމަދުހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 72 ޕަސެންޓް މަސައްކަތް ނިންމީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިބުރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ރަސްމީކޮށްހުޅުވުމަށް މިރޭ ހަނިމާދޫގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެއާޕޯޓުގެ މަސައްކަތް ނިމިފައި ހުރީ %28 އާއި %30 އާއި ދެމެދުގެ މިންވަރަކަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ ތަފާތު މީހުން ތަފާތު ގޮތްގޮތަށް ދެކިދާނެ ކަމަށާއި އެވަރުގެ ބޮޑު ފެސިލިޓީއެއް ހަދާއިރު، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖެކްޓްގެ ކަންކަން ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ޓާމިނަލް އިމާރާތާއި ކާގޯ ޓާމިނަލް އިމާރާތާއި ފަޔާ ސްޓޭޝަނާއި ޖެޓީއާއި އިންޖީނުގެ ވެސް ނުނިމޭ ކަމަށެވެ. އަދި ޝަރީފް ވަނީ އެ ހުރިހާ ކަންކަމެއް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އެހީތެރިވެދެއްވީތީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޚާއްޞަ ގޮތެއްގައި އިމާރާތް ކުރުމާބެހޭ ވަޒީރު ޑރ. މުއްޠަލިބްގެ އެހީތެރިކަން ފާޙަގަ ކުރައްވާ ޝަރީފް ވަނީ އެ ޕްރޮޖެކްޓް ނިންމުމަށް އެކި ގޮތްގޮތުން ބުރަ މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނާއި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މާނަފުން ބަސްތަކަކުން ޝަރީފް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ރަން މާޒީއެއް އިއާދަވާތަން ދުށުމަކީ އެ ސަރަހައްދު އުފަންކުރި ޤަދީމީ ހުވަފެނެއް ކަމަށާއި އަދި އެމްއޭސީއެލްއާ ހަވާލުކޮށްދެއްވީ އުތުރުގެ ތަރައްޤީގެ ތަޅުދަނޑި ކަމަށެވެ. އަދި ޒަމާންތަކަކަށް ފުރޮޅިގެން ދިޔަނަމަވެސް އެ ހުވަފެނަށް ކުޑަނަމަވެސް ލޮޅުމެއް ނާރާ އޭގެ އެތައް ސަތޭކަ އަހަރެއް މިއަދު އެ ސަރަހައްދު ހެއްވަމުން ދަނީ އެތައް ސަތޭކަ މަތިންދާބޯޓެއް ހިތްފަސޭހަ ކަމުގައި ޖައްސާނެ ވައިގެ ބަނދަރެއް ކަމަށެވެ.
އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓަކާއެކު މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓު އެއާޕޯޓަށް ޖެއްސުމާއެކު، ވޯޓަރ ސެލިއުޓެއް ވަނީ އަރުވާފައެވެ. އަދި އެއިރޯ ބުރިޖުން ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ އެއަރޕޯޓުގެ ޓާމިނަލަށް ފައިބާވަޑައިގަތުމާއެކު އެމްއޭސީއެލްއާއި، ސަރުކާރުގެ އިސްވެރިން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27