logo
logo
މެންޗެސްޓަރ ޔުނައިޓެޑް ހާލަތު ފެނިފައި ހަމްދަރުދީވެ ދެރަވޭ: ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑް ހާލަތު ފެނިފައި ހަމްދަރުދީވެ ދެރަވޭ: ރޮނާލްޑޯ

2025 ނޮވެމްބަރު 05
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ހާލަތު ފެނިފައި ދެރަވާ ކަމަށް އެ ކްލަބްގެ ލެޖެންޑް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޕިއާ މޯގަން އާއެކު ކުރިޔަށްގެންދިޔަ ޕޮޑްކާސްޓެއްގައި ރޮނާލްޑޯ ބުނީ ޔުނައިޓެޑްގައި ހަރުދަނާ އޮނިގަނޑެއް ނެތް ކަމަށެވެ.

ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވީ 2022 ގަ އެވެ. އެ ކްލަބް ދޫކޮށްލުމަށް ފަހު މޯގަން އަށް އޭރު ދިން އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ވެރިން އެ ކްލަބް ހިންގާގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ރޮނާލްޑޯ އެ ޓީމު ދޫކޮށްލި ފަހުން އިނގިރޭސި މަހުޖަނު ޖިމް ރެޓްކްލިފް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ ގަނެ ފުޓްބޯޅައިގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް ހޯދި އެވެ. އަދި އޭނާ ވަނީ ކްލަބްގެ ހިންގުން ބަދަލު ކުރުމަށް ބަދަލުތައް ވެސް ގެނެސްފަ އެވެ.

އެކަމަކު ރޮނާލްޑޯ ބުނީ އަދިވެސް ހާލަތު ބަދަލުކުރެވޭނެ ކަންތަތަކެއް ޔުނައިޓެޑްގެ ހިންގުމުގެ ނިޒާމުން ނުފެންނަ ކަމަށެވެ.

"އަހަރެން ދެރަ ވެސް ވޭ. ސަބަބަކީ ދުނިޔޭގެ އެންމެ މުހިންމު ކްލަބް. އަދި އަހަރެންގެ ހިތާ މިހާރު ވެސް ގުޅިފައި އޮތް ކްލަބެއް."

ރޮނާލްޑޯ ބުނީ ޔުނައިޓެޑްގެ ހާލަތު ބަދަލު ކުރަން ކޯޗުންނާއި ކުޅުންތެރިން އެކަނި ބަދަލު ކުރިޔަސް ނުފުދޭނެ ކަމަށެވެ. ކްލަބް ހިންގުމުގެ ނިޒާމުގައި ވެސް "ސްމާޓް" މީހުން ތިބެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗު އެލެކްސް ފާގަސަން އެ މަގާމުގައި ހުރި އިރު އެ ސިސްޓަމް ޔުނައިޓެޑްގައި އޮތް ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް