logo
logo
އަލް ނަސްރަށް އިންޑިއާގެ ގޯއާ ކައިރިން އުންދަގޫ މޮޅެއް!

އަލް ނަސްރަށް އިންޑިއާގެ ގޯއާ ކައިރިން އުންދަގޫ މޮޅެއް!

2025 އޮކްޓޯބަރު 23
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ އިންޑިއާގެ އެފްސީ ގޯއާ އަތުން ހަނި ގޮތަކަށް 2-1 އިން މޮޅުވެއްޖެ އެވެ.

ޔޫރަޕުގެ ގިނަ ސުޕާސްޓާރުންގިނަ އަލްނަސްރުގެ ފުރަތަމަ ލަނޑު މެޗުގެ 10 މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވާޑް އެންޖެލޯ ގެބްރިއެލް އެވެ. އަލް ނަސްރުގެ ދެވަނަ ލަނޑު މެޗުގެ 27 މިނެޓުގައި ކާމިޔާބުކޯށްދިނީ ސައޫދީ ފޯވާޑް ހާރޫން ކަމާރާ އެވެ. މި މެޗުގައި ގޯއާ އަށް ތަފާތު ކުޑަކޮށްދިނީ 41 ވަނަ މިނެޓުގައި އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ ބްރިސަން ފެނާންޑޭޒް އެވެ.

ގޯއާގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ކުޅޭ މަންޒަރު ބަލާލަން ގިނަ ބަޔަކު ވަނީ ބޮޑު އަގުގައި ޓިކެޓް ވެސް ނަގައިފަ އެވެ. އެކަމަކު ރޮނާލްޑޯ ނިންމީ މި މެޗުގައި ނުކުޅޭށެވެ. މި މެޗު ބެލުމަށް 60،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމަށް 45،000 މީހުން ވަނެވެ.

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުގެ ގްރޫޕް ޑީ ގައި ނަސްރު މވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް