
ސިޓީ ކައުންސިލުން ވަކިވުން ފާހަގަކޮށް ހުޅުދޫ އާއި މީދޫގައި މިރޭ ހަވާ އަރުވަނީ
އައްްޑޫ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ޚާއްސަ ހަރަކާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ދެ ރަށުގެ ރައްޔިތުންގެ ނިންމުން ފާހަގަކުރުމަށް ދެ ރަށް ގުޅިގެން ބާއްވާ ހަރަކާތެކެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އަދި މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަޙްމާންގެ އިސްނެންގެވުމުގެ މަތިން މިރޭ ބާއްވާ މި އިވެންޓު އޮންނާނީ މިރޭ 20:30ގައި ހުޅުމީދޫގެ ބަނދަރު ސަރަހައްދުގައެވެ.
އައްޑޫ ސިޓީގެ 3 ރަށެއް އިދާރީގޮތުން ވަކިކޮށް، ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އިއްޔެ ވަނީ ވޯޓު ނަގާފައެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ އަދި މީދޫގެވެސް ރައްޔިތުންގެ އަޣުލަބިއްޔަތުން ރުހުން ދީފައިވަނީ ވަކި ކައުންސިލްތައް އުފެއްދުމަށެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ވަކި ނުވުމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އޮޕަރޭޝަން އަލިމަގު: ޑްރަގްގެ ބޮޑު ނެޓްވޯކެއްގެ އިސް ބަޔަކު އައްޑޫން ހައްޔަރުކޮށްފި2025 ޑިސެމްބަރު 04
ފޭދޫން ނިންމީ ވަކި ނުވާން، ހުޅުދޫއާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލް2025 އޮކްޓޯބަރު 25
އައްޑޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ2025 ސެޕްޓެމްބަރު 08
އައްޑޫ ސިޓީގައި 15 އަހަރުގެ ކުއްޖަކު ދުއްވަން އިން ސައިކަލެއް އެކްސްިޓެންޓްވެ 3 މީހަކަށް ފަރުވާ ދެނީ2025 އޯގަސްޓު 11