logo
logo
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދެ ޖެނެރޭޓަރު ގެނެސްފި

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދެ ޖެނެރޭޓަރު ގެނެސްފި

2025 އޮކްޓޯބަރު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކަމިންސް ބްރޭންޑްގެ 1.8 މެގަވޮޓްގެ އާ ދެ ޖަނަރޭޓަރު މާލެ ގެނެސްފައިވާ ކަމަށް ފެނަކަ އިން މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ގެނެސްފައިވާ މި ދެ ޖަނަރޭޓަރު މިހާރު ދަނީ އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މި ދެ ޖަނަރޭޓަރާ އެކު، އިތުރު 1.6 މެގަވޮޓްގެ އާ ޖަނަރޭޓަރެއް ވެސް އައްޑޫއަށް ގެންދެވޭނެއެވެ.

އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މި ޖަނަރޭޓަރުތައް އައްޑޫއަށް ގެންދިއުމުން އެ ސިޓީގެ ކަރަންޓުގެ ހާލަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބިގެންދާނެއެވެ.

ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ އަދި ފުވައްމުލަކު ސިޓީގައި މިއަހަރު ތެރޭގައި ގާއިމްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް