logo
logo
ފެނަކައިގެ ވައްކަން- އޭސީސީން 2021 ގައި ރައީސް ޞާލިޙްގެ ސަމާލުކަމަށް އެކަން ގެނައިކަން ހާމަވެއްޖެ

ފެނަކައިގެ ވައްކަން- އޭސީސީން 2021 ގައި ރައީސް ޞާލިޙްގެ ސަމާލުކަމަށް އެކަން ގެނައިކަން ހާމަވެއްޖެ

2025 ސެޕްޓެމްބަރު 28
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފެނަކަ ކޯޕަރޭޝަނުން ކުރަމުން ވައްކަން، އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް، އޭސީސީން 2021 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނައިކަން ހާމަވެއްޖެއެވެ.

އޭސީސީން ވަނީ 8 ފެބުރުވަރީ 2021 ގައި ފެނަކަ ކުންފުނިން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގަމުން އަންނަ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ރައީސް ޞާލިޙްއަށް އަރުވައިފައެވެ.

އެ ރިޕޯޓާއިއެކު ރައީސް ޞާލިޙްއަށް ފޮނުވި ސިޓީ މީސްމީޑިއާގައި މިހާރު އާންމުވެފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ ފެނަކައާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤުކޮށްފައިވާ މައްސަލަތަކާއި، ތަޙުޤީޤު ކުރަމުންދާ މައްސަލަތަކަށް ބަލާއިރު، އެ ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަން އެ ކޮމިޝަންގެ ތަޙުޤީޤުތަކުން ފާހަގކުރެވިފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައީ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މުދަލާއި ޚިދުމަތް ހޯދުމުގައްޔާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގާ ކަންކަމާއި އެކަންކަން ތަޙުޤީޤު ކުރުމަށް އޭސީސީއަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިމެނޭ ކަމަށެވެ.

އޭސީސީން ރައީސް ޞާލިޙްގެ ސަމާލުކަމަށް ގެނެސްފައިވީ ނަމަވެސް ފެނަކައިގެ އޮޑިޓް ރިޕޯޓްން (2021 ން 2023) ހާމަވާ ގޮތުގައި 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ފާހަގަކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް