logologologologo
STO
ޚަބަރު

މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މިއަހަރުގެ ތެރޭގައި ހުޅުވާލަނީ

މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން މިއަހަރުގެ ތެރޭގައި ހުޅުވާލަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޮކްޓޯބަރު 13

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި ހުޅުވާލާނޭކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯތި ދޫކުރާނޭ އުސޫލްތަކެއް މިހާރު އެކުލަވާލައި ނިމިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހަމަޖެހިފައިވަނީ، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށްވެސް ފުރުސަތު ލިބޭގޮތަށް ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ބޮޑު އާމްދަނީ ލިބޭ މުއްސަނދި ފަރާތްތަކަށް ލަގްޒަރީ އެޕާޓްމަންޓާއި ގޯތި ގަތުމުގެ ފުރުސަތު ތަނަވަސްކޮށްދޭއިރު، ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މަޝްރޫޢުގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި 4000 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ސަރުކާރުން ނިންމާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް