logologologologo
STO
ޚަބަރު

ހިރިމަރަދޫ މީހުންނަށް ފްލެޓް އަޅަން ހަނިމާދޫ ކައުންސިލަކުން އެއްބާރުލުމެއް ނުލިބޭ: މިނިސްޓަރު

ހިރިމަރަދޫ މީހުންނަށް ފްލެޓް އަޅަން ހަނިމާދޫ ކައުންސިލަކުން އެއްބާރުލުމެއް ނުލިބޭ: މިނިސްޓަރު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 13

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން ހިންގަން މަސައްކަތްކުރާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ބޮޑެތި ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށް މެންބަރުގެ ފަރާތުންވެސް އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދުއަށް ވަޑައިގެން، އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރެއްވިއެވެ. ނަމަވެސް، ހަނިމާދޫ ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިހާތަނަށްވެސް އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

މިނިސްޓަރު މުއްތަލިބު ބަޔާންކުރެއްވި ގޮތުގައި:

  • ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއުއަކީ ވަކި މަޝްރޫއުއެކެވެ.
  • ހަނިމާދޫގެ ރައްޔިތުންނަށް ބޭނުންވާ ހައުސިން މަޝްރޫއުވެސް ސަރުކާރުން ވަކިން ކުރިއަށް ގެންދާނެއެވެ.

ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ހިރިމަރަދޫގައި މިހާރު ވަކި ކައުންސިލެއް ނެތެވެ. އެ ރަށުގެ ކައުންސިލް އުވާލައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ހަވާލުކޮށްފައިވަނީ ހަނނިމާދޫ ކައުންސިލާއެވެ. އަދި އެންމެ ފަހުން ބޭއްވުނު އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލާފައިވަނީވެސް ހަނިމާދޫ ކައުންސިލަށެވެ.

ސަރުކާރުން ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވަނިކޮށް، ހިރިމަރަދޫ ބެލެހެއްޓުމާ ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން ވަނީ ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް