ކުޅިވަރު
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ޓޮމް އައްޔަނުކޮށްފި

މުހައްމަދު ރިފާއު2025 އޮކްޓޯބަރު 09
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އައްޔަނުކޮށްފި އެވެ.
މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި އެ ކޮމިޓީ އަށް ޓޮމް ހަމަޖެއްސީ މި އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ކުރިއަށްދާ ދައުރަށެވެ.
އެފްއޭއެމުން ބުނީ ފީފާގެ މި ޝަރަފްވެރި ކޮމިޓީ އަށް ޓޮމް އައްޔަނުކުރެވުމުން ދައްކުވައިދެނީ ރާއްޖޭން ފުޓްބޯޅައިގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަތުން ކަމަށެވެ.
މިއާ އެކު ޓޮމް ވެފައިވަނީ، ފީފާގެ ދާއިމީ ކޮމިޓީއަކަށް އައްޔަނުކުރެވުނު ފުރަތަމަ ދިވެއްސަށެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި މެމްބަރަކީ ވެސް ޓޮމް އެވެ. ކޮމިޓީގެ ޗެއާޕާސަންއަކީ ޖޯޖިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލެވަން ކޮބިއަޝްވިލީ އެވެ.
އިތުރަށް

ފީފާގެ ރައީސް މަގާމުން ދުރުކުރުމުގެ ރޭވުންތައް ފަށައިފި
8 އޮކްޓޯބަރު 2026

ކޮލިފައިން ނުކުޅެ 6 ގައުމެއް 2030 ގެ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ
21 ޖުލައި 2026

ރައީސް މުއިއްޒާއި ފީފާ ރައީސްގެ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު
23 އޮކްޓޯބަރު 2025

ފީފާގެ ރައީސަކު 19 އަހަރަށްފަހު ރާއްޖެ ވަޑައިގަންނަވަނީ
21 އޮކްޓޯބަރު 2025

.gif.gif&w=828&q=100)