logo
logo
ފުޓުބޯޅަައިގެ ތާރީހުގައި އެންެމެ ފުރަތަމަ ބިލިޔަނަރަކަށްވި ކުޅުންތެރިއަކަށް ރޮނާލްޑޯ

ފުޓުބޯޅަައިގެ ތާރީހުގައި އެންެމެ ފުރަތަމަ ބިލިޔަނަރަކަށްވި ކުޅުންތެރިއަކަށް ރޮނާލްޑޯ

2025 އޮކްޓޯބަރު 09
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ބިލިޔަނަރުގެ މަޤާމް ފުޓްބޯޅައިގެ ތާރީޚު ދުއް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ނަންތައް އާންމުކޮށް އިއުލާން ކުރާ ބްލޫމްބަރގް އިން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 40 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ މިހާރުގެ މިލްކިއްޔާތަކީ 1.4 ބިލިއަން އެމެރިކާ ޑޮލަރެވެ.

ބްލޫމްބަރގް އިން މި މައުލޫމާތު އާންމުކޮށްފައިވަނީ 2002 އިން 2023 ގެ ނިޔަލަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އިތުރުން ސްޕޮންސަރޝިޕްތަކުން އޭނާއަށް ލިބިފައިވާ އާމްދަނީ ހިމަނައިގެންނެވެ.

ރޮނާލްޑޯގެ މި މުއްސަނދިކަމުގެ ބޮޑު ބައެއް އަންނަނީ ސަޢޫދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބާއެކު ވެފައިވާ އެއްބަސްވުމުންނެވެ. 2022 ވަނަ އަހަރު ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއި ރޮނާލްޑޯ ގުޅިފައިވަނީ މުސާރައިގެ ގޮތުގައި އަހަރަކު 177 މިލިއަން ޕައުޑަށެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދީފައިވާ އެންމެ ބޮޑު އަދަދެވެ.

ފުޓްބޯޅައިގައި ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ލިއޮނެލް މެސީގެ މިލްކިއްޔާތަކީ 600 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ބްލޫމްބަރގް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް