logologologologo
STO
ކުޅިވަރު

ބެލޮންޑީއޯގެ އަގުވެއްޓިއްޖެ: ރޮނާލްޑޯ

ބެލޮންޑީއޯގެ އަގުވެއްޓިއްޖެ: ރޮނާލްޑޯ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޯގަސްޓު 10

ދުނިޔެ އާއި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި ބްލޮންޑީއޯ އެވޯޑްގެ އަގުވެއްޓީއްޖެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޖުމުލަ ފަސް ފަހަރު އޭނާ ވަނީ މި އެވޯޑް ހާސިލް ކޮށްފަ އެވެ. ރޮނާލްޑޯ އަކީ މި އެވޯޑް ދެ ވަނަ އަށް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ އެވޯޑަށް ފާޑުކިއުން އޮއްސާލީ މި އަހަރުގެ އެވޯޑަށް ވާޑަކުރާ 30 ކުޅުންތެރިންގެ ލިސްޓުގައި އޭނާގެ ނަން ނެތުމުންނެވެ.

ރޮނާލްޑޯ ބުނީ "އެއީ ވަކިގޮތަކަށް ނިންމާފައި،" އޮންނަ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކި ހުސްވި އަހަރުގެ އެވޯޑް ބްރެޒިލް އާއި ރެއާލް މެޑްރިޑްގެ ވިނީޝިއުސް އަށް ނުދިނުމެވެ.

މިއަކީ ރޮނާލްޑޯ ގަދަ 30ގައި ނުހިމެނު ތިން ވަނަ ފަހަރެވެ. ނަމަވެސް އޭނާ ވަނީ ގައުމީ ޓީމާއި ކުލަބުގައި ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް