logologologologo
STO
ޚަބަރު

މަލާމާތާއި ފުރައްސާރައަކަށް އަޒުމެއް ގުޑުވައެއް ނުލެވުނު، މަލްޝާ ހުޅުމާލެ އުތުރު ދާއިރާގެ ނައިބަކަށް ކުރިމަތިލަނީ

މަލާމާތާއި ފުރައްސާރައަކަށް  އަޒުމެއް ގުޑުވައެއް ނުލެވުނު، މަލްޝާ ހުޅުމާލެ އުތުރު ދާއިރާގެ ނައިބަކަށް ކުރިމަތިލަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 އޮކްޓޯބަރު 14

ސިޔާސީ މައިދާނުގައި މިވަގުތު އެންމެ ވަރުގަދަ އަދި އެންމެ ކެރޭ ހިތްވަރުގަދަ އަންހެން ކަނބަލުންގެ ލިސްޓެއް ހަދާކަމުގައި ވަނީ އެ ލިސްޓުގެ ގަދަ 3 ގައި ޔަގީން ކަމާއެކު ހިމެނެ އެކަކަށް އޭނާ ވާނެއެވެ. ސޯޝަލް މިޑިއާގައި އެންމެ ވަރުގަދަ އެކްޓިވިސްޓުންގެ ލިސްޓެއް ހަދާނަމަ އެ ލިސްޓުގެ އެނަމެ ކުރީގައި އޭނާ ހިމެނޭނެއެވެ. ކެރޭނެއެވެ. ކުރާނެއެވެ. އެ ހިތްވަރު ހުންނާނެއެވެ. އެ ބުންވަރު ހުންނާނެއެވެ. ފުރައްސާރައަކަށް މަލާމާތަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނީ ކުރިއަށެވެ. މިހެން ބުނެލުމުންވެސް މި ދައްކަންއުޅޭނީ ކާކުގެ ވާހަކަކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެއެވެ.

މަލްޝާ ޝަރީފްއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު މުޅި ރާއްޖޭގައިވެސް މަދުވާނެއެވެ. ސިޔާސީ މައިދާނުގައި ކުރިއަށްދާން އަންހެން ކަނބަލުންނަށް އުންދަގުވާނެ ކަމަށާއި އުނދަގޫ "ޗެލެންޖް" ތަކާއި ކުރިމަތިލާން ޖެހޭނެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މި ދެންނެވި ޗެލެންޖާއި އެންމެ ވަރުގަދަޔަށް ކުރިމަތިތާން ޖެހުނު އެކަކަށް މަލްޝާ ވާނެއެވެ. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅު އެންމެ ގަދަ އެއް އަަޑަކަށް މަލްޝާގެ އަޑުވާނެއެވެ. މިއަދު ރައީސް މުއިއްޒުގެ ދިފާއުގައި އެންމެ ގަދަ އެއް އަޑަކީ ވެސް މަލްޝާގެ އަޑެވެ.

ގުރޭޑު ހަތަކާ ހަމައަށް އިސްކަންދަރު ސްކޫލުގައި ކިޔެވުމަށްފަހު، މަލްޝާގެ ދިރިއުޅުން ބަދަލުވީ އިންޑިއާގެ ބެންގަލޫރަށެވެ. އެ ތަނުގައި އޭނާގެ ސާނަވީ އަދި މަތީ ސާނަވީގެ ދުވަސްތައް ހޭދަކުރިއެވެ. ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވަނީ ބިޒްނަސް މެނޭޖްމެންޓް އަދި މާކެޓިންގެ ދާއިރާއިންނެވެ. މަލްޝާ އަންނަނީ ކޮމިއުނިކޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔަވަމުންނެވެ.

މަލްޝާ ވަނީ މީގެ ކުރިންވެސް މާކެޓިންގެ ދާއިރާގައި މަސައްކަތްކޮށްފައެވެ. ޕީއެސްއެމް އަދި މާލޭ ސިޓީ ކައުންސިލްގައައެވެ. އޭގެ ފަހުން ޒުވާނުންނާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ނައިބުކަމުގެ މަގާމުވެސް ފުރުއްވިއެވެ. މިހާރު މަލްޝާ މަސައްކަތް ކުރަމުން އަންނަނީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައިވެސް މަލްޝާ ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.

ސިޔާސީ ދާއިރާގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރު ހުރެގެންނޭ މީހުން ކިޔާތީ އަޑު އަހަމެވެ. މިއަދު މަލްޝާ ސާބިތުއެކޮށްދެނީ އެކަމެވެ. ކުރިމަތި ލައިގެން އެހުރީ އަނެއް ޗެލެންޖާއެވެ. ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބް ރައީސާގެމަގާމަށެވެ. ދާއިރާއަށް ތަސައްވުރެއްވެސް މަލްޝާގެ އެބައޮތެވެ. އޭނާ އެމަގާމަށް ކުރިމަތިލާކަން އިއުލާން ކުރަމުން ވިދާޅުވީ އޭނާ އިންތިހާބުވެއްޖެ ނަމަ ހުޅުމާލެ ދެވަނީ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުންގެ އަޑު ކެނޑުނަ ނުދޭނެކަމަށެވެ.

މީހުންކިޔާ ފާޑުކިޔުމަކަށް ކުރާ ފުރައްސާރައަށް ބެލުމެނެތި އެދަނީ ކުރިއަށެވެ. މިހުރިހާ ކަމަކާއެކުވެސް މަލްޝާއ އަކީ ހީވާގި އަނބެކެވެ. 2 ކުދިންގެ މުރާލި މަންމައެކެވެ. މި ދަތުުރުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ދެ ދަރީންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް