މަލްޝާގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ދޮގު ހަބަރު ފަތުރަނީ

ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބް ރައީސް އަދި ޕީއެންސީގެ އެކްޓިވިސްޓް މަލްޝާ ޝަރީފްގެ ނަމުގައި ފޭކު އެކްސް ( ޓްވިޓާ ) އެކައުންޓެއް ހަދާގެން އުޅޭކަން ހާމަވެއްޖެއެވެ.
މަލްޝާގެ އަސްލު އެކައުންޓާއި ވައްތަރުގޮތަކަށް ހަދާފައިވާ މި އެކައުންޓަކީ ކާކު ހިންގާ އެކައުންޓެއްކަން ސާފުވެފައެއް ނުވެއެވެ. މި އެކައުންޓުން އަންނަނީ އެކި މީސްމީހުންނަށް ބޮޑަތި ތުހުމަތުކޮށް އަދި ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ފަތުރަމުންނެވެ.
މި އެކައުންޓް އަކީ " ފޭކު އެކައުންޓެއް" ކަމަށް މަލްޝާވެސް ވަނީ އެނާގެ އަސްލު އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން މި އެކައުންޓް ރިޕޯޓް ކުރުމަށް މަލްޝާ ވަނީ އެދެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މި މައްސލަަ ފުލުހަށް ހުށައެޅިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫނެވެ.
އިތުރަށް


.jpg&w=3840&q=100)


.gif.gif&w=828&q=100)