
ފުލުހުންގެ ފަރާތުން ރޭ ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމަށް ގިނަ ބައެއްގެ ތަޢުރީފް
ޒައުޖަތު އަޙުމަދުފުލުހުންގެ ފަރާތުން ރޭ ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމަށް ގިނަ ބައެއްގެ ތަޢުރީފްކޮށްފިއެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުން ބައިވެރިވެގެން، ލޫޓުވައިފި ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބާއްވަން އުޅުނު އެއްވުމުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ ފުލުހުންގެ އަމުރަށް އެއްވުމުގެ ބައިވެރިން ނުކިޔަމަންތެރިވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ފުލުހުންނަށް ތަޢުރީފް ކުރައްވާ ޚިޔާލުފާޅު ކުރެއްވި ބޭފުޅުންގެތެރެއިން އެއް ބޭފުޅަކީ މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ އެމްޑީޕީން ރާވައިގެން ރޭ ހިންގަން އުޅުނު ހަމަނުޖެހުން ހިންގިޔަނުދީ މައިތިރިކޮށް ހިންދާލުމުގައި ފުލުހުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްއަށް ތަޢުރީފުކޮށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ބަޔަކު ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަކީ އާންމު ރައްޔިތުން ބަލައިގަންނަ ކަންކަމެއްނޫންކަން އެންމެންވެސް ދަންނަންޖެހޭ ކަމަށެވެ.
ރޭގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށް އޭގެތެރެއިން 6 މީހަކަށް، ކުރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26