
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެއީ މި އަހަރު އެ ފަންޑަށް ޖަމާކުރަން ބަޖެޓުގައި ކަނޑައެޅި އަދަދުގެ 60 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން 2.1 ބިލިއަން ރުފިޔާ ފަނޑަށް އިތުރު ކުރަން ޖެހެ އެވެ.
އެސްޑީއެފް ފަންޑަކީ ބޮޑެތި ދަރަނިތައް އަދާކުރުމަށްޓަކައި 2017 ވަނަ އަހަރު ސަރުކާރުން އުފެއްދި ފަންޑެކެވެ. މި އަހަރު ވެސް ދަރަނި އަދާކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އޭގެ މާނަކީ ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަންޏަށް ހޭދަކުރަން ޖެހުމެވެ.
އެސްޑީއެފަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ގަވަމެންޓް ސެކިއުރިޓީޒް ނުވަތަ ޓީބިލާއި ބޮންޑުގައި އިންވެސްޓްކޮށްފައި ހުރި އަދަދު 7.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި ޑޮލަރުން ގަނެފައިވާ ޓީބިލާއި ބޮންޑުގެ އަދަދު 195 މިލިއަން ޑޮލަރަށް އަރަ އެވެ. ބާކީ ހުރީ ރުފިޔާއިންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދައުލަތުގެ ހަރަދުތަށް %15.3 ދައްކޮށް، އާމްދަނީ 30 ބިލިއަނަށް!2025 އޮކްޓޯބަރު 23
ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ ސުކޫކްގެ އަގު މައްޗަށް! 2025 ޖުލައި 09
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ2025 ޖުލައި 03
ވީކްލީ ފިސްކަލް ރިޕޯޓް: ދައުލަތުގެ އާމްދަނީ 8.3% އިތުރު2025 ޖޫން 29