
ވީކްލީ ފިސްކަލް ރިޕޯޓް: ދައުލަތުގެ އާމްދަނީ %8.3 އިތުރު
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 19 ޖޫން 2025ގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ދައުލަތަށް ވަނަި ލިބިފައެވެ. އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.3 އިންސައްތަ އިތުރު އަދަދެކެވެ.
މި ރިޕޯޓުދައްކާގޮތުން ދައުލަތަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.4 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 47.7 އިންސައްތަ ވަނީ އިތުރުވެއެވެ.
އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 45.6 އިންސައްތަވަނީ އިތުރުވެފައެވެ.
މީގެ އިތުރުން މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުވަނީ 3.4 ބިލިއަން ރުފިޔާއިން އަރަނި ވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދައުލަތުގެ ހަރަދުތަށް %15.3 ދައްކޮށް، އާމްދަނީ 30 ބިލިއަނަށް!2025 އޮކްޓޯބަރު 23
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި2025 ސެޕްޓެމްބަރު 17
ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ ސުކޫކްގެ އަގު މައްޗަށް! 2025 ޖުލައި 09
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރާނެ ބަޔަކު ހޯދަނީ2025 ޖުލައި 03