އޭދަފުށި ކަޕް ޖެހިޖެހިގެން 2 ވަނަ ފަހަރަށް ވެލާ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފި
އޭދަފުށި ކަޕްގެ ތަށި ޖެހިޖެހިގެން 2 ވަނަ ފަހަރަށް ވެލާ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ވެލާ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ އިރުމަތި އެފް.ސީ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.
ވެލާ ސްޕޯޓްސް ކުުލަބުން ވަނީ 2024 ވަނަ އަހަރު ބޭއްވި އޭދަފުށި ކަޕުގެވެސް ޗެމްޕިއަންކަން ހޯދާފައެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާ ސްޕޯޓްސް ކުލަބުގެ ގޯލު ކީޕަރު މިފްދާދް އަހުމަދެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރުގެ މަގާމުވެސް ހޯދާފައެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިރުމަތި އެފްސޯގެ އިމްތިޝާލް އަބްދުއްރަހީމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އަބުދުالله ޖައުޝާން އަހުމަދެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވެލާ ސްފޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލާގެ ކޯޗު މުހައްމަދު އިހްސާން ސައީދެވެ.
މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމު ހަވާލު ކޮށްދެއްވީ ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

.gif.gif&w=828&q=100)


