އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ!

ބ. އަތޮޅު އޭދަފުށީގައި އަޅަން ނިންމާފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އޭދަފުށީގައި ޤާއިމްކުރާ 1000 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި އާބަން ސެންޓަރުތައް ޤާއިމްކުރުން ހިމެނޭކަމަށާއި، އޭގެތެރެއިން އެއް އާބަން ސެންޓަރަކީ އޭދަފުށިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން 1 ރަށެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު އިޤްތިޞާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުމުން، އެމަނިކުފާނު ބޭނުންފުޅުވި ބާރުމިނުގައި ތަރައްޤީގެ ކަންކަން ކުރިއަށް ނުގެންދެވުނު ކަމަށާ ނަމަވެސް އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުން މިހާރު ކުރިއެރުންތަކެއް ލިބިފައިވާތީ، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްއޮތްތަނުގައި ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެކަމަށެވެ.
އޭދަފުށީގެ ތަރައްޤީއަށް ވެސް އެންމެ މުހިންމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުގައި، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)