logologologologo
STO
ޚަބަރު

އޭދަފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

އޭދަފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 14

އޭދަފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު 2026 ޖުލައި 14 ވަނަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.

އޭނާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަމުން އަންނަ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް