
އަޙްމަދިއްޔާ ސްކޫލަކީ ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް: ފަސްޓް ލޭޑީ ސާޖިދާ
އަޙްމަދިއްޔާ ސްކޫލަކީ މާނަފުން ތާރީޚަކާއި ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާޢަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫޙުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ތަޢުލީމީ ހަޔާތްޕުޅުގައިވެސް އަޙްމަދިއްޔާގެ ޢިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުޞަތު ދެއްވީތީ ސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ''ބްރިލިއަންސް ޓީޗަރ'' އަދި ''ބެސްޓް އޯވަރޯލް ޓީޗަރ'' އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ޘާނަވީ ތަޢުލީމު ނިންމާއިމްތިޙާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ޙާސިލްކުރި ތިން ދަރިވަރުންނަށްވެސް އިނާމު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.
އަވަށު ސްކޫލެއްގެ ގޮތުގައި އަހުމަދިއްޔާ ހުޅުވީ ފެބްރުއަރީ 21، 1982 ގަ އެވެ. އެންމެ 200 ކުދިންނާ އެކު ސްކޫލުގައި ކިޔަވައިދޭން ފެށިޔަސް މިއަދު އެ ސްކޫލުގައި 2،700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި2025 އޮކްޓޯބަރު 29
ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި2025 ޖުލައި 20
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި!2025 ޖުލައި 06
މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ދައުވާކޮށްފި2025 އޭޕްރީލު 16