
ސޯލިހު ސަރުކާރުގައި ގެއްލުމުގައި ހިންގި އެސްޑީއެފްސީން 2024 ގައި 45 މިލިއަން ފައިދާވި: އޮޑިޓް
ޒައުޖަތު އަޙުމަދުއެމްޑީޕީ ސަރުކާރުން ގެއްލުމުގައި ހިންގި އެސްއެމްއީ ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން 2024 ގައި 45 މިލިއަން ރުފިޔާ ފައިދާވިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސްޑީއެފްސީގެ 2019 އިން 2023 ގެ އޮޑިޓް ރިޕޯޓުންނެވެ.
އެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން އެސްޑީއެފްސީއަށް 1140 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް 5 އަހަރު ވެސް އެ ކުންފުނި ހިންގާފައި ވަނީ ގެއްލުމުގައެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން 2 އަހަރު ތެރޭގައި ވަނީ އެ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފައެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި 2022 ވަނަ އަހަރު އެ ކުންފުންޏަށް 76.11 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު 2023 ވަނަ އަހަރު ވެސް 21.73 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ.
ނަމަވެސް 2024 ވަނަ އަހަރު 45.21 މިލިއަން ރުފިޔާގެ ފައިދާ އެ ކުންފުނިން ވަނީ ހޯދައިފައެވެ.
މީގެއިތުރުން ފާއިތުވި 2 އަހަރުތެރޭގައި އެ ކުންފުނީގެ މުދާ އިތުރުކޮށް ދަރަނި ދަށްކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
މިގޮތުން އެ ކުންފުނީގެ މުދާ ނުވަތަ އެސެޓްސްއަށް ބަލާއިރު، 2023 ނިމުނުއިރު 1082.66 މިލިއަން ރުފިޔާގައި ހުރި ނަމަވެސް 2024 ނިމުނުއިރު 1771.60 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
ކުންފުނީގެ ދަރަންޏަށް ބަލާއިރު، 2023 ނިމުނުއިރު 212.56 މިލިއަން ރުފިޔާގައި އޮތް ނަމަވެސް 2024 ނިމުނުއިރު އެ އަދަދު ވެސް ވަނީ 196.29 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.
އެސްޑީއެފްސީގެ މި އޮޑިޓަކީ ރައްޔިތުންގެ މަޖިލީހުގެ އެދުމުގެމަތިން ކުރިއަށް ގެންދިޔަ އޮޑިޓެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަރުކާރުގެ ކާމިޔާބީތައް- ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ކުރުން މަދުކުރެވިއްޖެ2025 ނޮވެމްބަރު 17
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި2025 ނޮވެމްބަރު 17
ބޮޑު ޖަލްސާގެ އުސްއަލިތައް- އެމްޑީޕީ ސަރުކާރުން ފުނިޖައްސާފައި ހުރި ބިލްތައް ދައްކަންފަށައިފި2025 ނޮވެމްބަރު 15
އެމްޑީޕީ ސަރުކާރުގެ ފަހު 3 އަހަރު ފެނަކައަށް ތިން ހާސް އެއް ސަތޭކަ މުވައްޒަފުން ނެގިކަން ހާމަވެއްޖެ!2025 އޮކްޓޯބަރު 23