މެރިކަލްޗާ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

މެރިކަލްޗާ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ މެރިކަލްޗާ ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަޤްޞަދުގައި ޗައިނާގެ ކުންފުންޏަކާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން، އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެގެ ވަގުތެއްގައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު މި އެމްއޯޔޫގައި ސޮއި ކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ކަމަށެވެ.
މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެއް ކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގައި މެރިކަލްޗާ ސިނާޢަތް ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައްވާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް މިއަހަރު ވިދާޅުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)