
އިއްޔެ ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި: ފުލުހުން
ޒައުޖަތު އަޙުމަދުހުޅުމާލެއިން އިއްޔެ ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން ފެނުނުކަން ފުލުހުން ހާމަކުރީ އިއްޔެ ހަވީރު 6 ޖަހާކަށްހާއިރުއެވެ.
އެ ސަރަހައްދުން ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާ އަދި އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މިހާތަނަށް މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، 21 އޯގަސްޓް 2025 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަޙުޤީޤަށް މިހާތަނަށް ވަނީ ހޯދިފައި" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26