
ސިންގަޕޫރުގައި ވޭޕް ކުރުމަކީ މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށަކަށް ހަދަނީ
ސިންގަޕޫރުގައި ވޭޕް ބޭނުންކުރުމަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށަކަށް ހައްދަވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ލައުރެންސް ވޮންގ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެއްވުމެއްގައި ދެއްވި ހިޠާބެއްގައި ބޮޑުވަޒީރު ވޮންގ ވިދާޅުވީ ކޮންމެ ޖީލަކުން ވެސް ނުރަނގަޅު އާދަތަކުގެ ސަބަބުން ޒުވާނުންނަށް ކޮށްފާނެ ނޭދެވޭ އަސަރަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަބަދު ވެސް ކޮންމެވެސް އައު ހިރާހެއް އުފެދޭނެކަމަށާއި، އެ ގޮތުން ވޭޕް ކުރުމަކީ ވެސް އެ ފަދަ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވޮންގ ވިދާޅުވީ މި ފަދަ ވޭޕް ބޭނުންކުރާއިރު އޭގައި ދެވި ހިފަާ މާއްދާތައް ހިމަނާ ކަމަށެވެ. އެގޮތުން އޭގައި ޞިއްޙަތަށް ގެއްލުންހުރި އެޓޮމިޑޭޓް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ވަގުތު އާއްމުކޮށް ބޭނުންކުރާ މާއްދާއަކީ އެޓޮމިޑޭޓްކަމަށްވި ނަމަވެސް އަދި އެއަށްވުރެ މާ ބާރުގަދަ އަދި ނުރައްކާތެރި މާއްދާތައް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވޭޕްގެ މައްސަލަތަކުގައި ޢަމަލުކުރާނީ ވަރަށް ހަރުކަށިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިންގަޕޫރުގައި ވޭޕް ކުރުން މަނާކޮށްފައި ވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. އެ ގައުމުގައި ވޭޕް ގަނެ ބޭނުންކޮށްފިނަމަ 2،000 ޑޮލަރާއި ހަމައަށް ޖޫރިމަނާ ކުރެއެވެ.
ވޮންގ ވިދާޅުވީ ހަމައެކަނި ޖޫރިމަނާއެއްގެ ގޮތުގައި އަދަބު ކަނޑައަޅާފައި އޮތުމަކީ މި ޙާލަތުގައި އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެއަށްވުރެ ބޮޑެތި އަދަބުތައް ދޭންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި!2025 ޖުލައި 01
އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު މިހާތަނަށް ކަށަވަރުވެއްޖެ: ވަޒީރު ސަޢީދު2025 ޖުލައި 01
ސިންގަޕޫރަކީ ރާއްޖެއަށް ނަމޫނާ ޤައުމެއް، ދެ ޤައުމު ގުޅިގެން ކުރިއަށްދާން ތައްޔާރު: ރައީސުލްޖުމްހޫރިއްޔާ2025 ޖޫން 30
ރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ސިންގަޕޫރަށް ވަޑައިގަންނަވަނީ2025 ޖޫން 29