
އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު މިހާތަނަށް ކަށަވަރުވެއްޖެ: ވަޒީރު ސަޢީދު
ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާ، އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި މުހިއްމު ސިޔާސަތެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން މިހާރުވެސް މިސަރަޙައްދުގައި އިޔާދަކުރަނިވި ޙަކަތައިގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެސްއީޒެޑްގައި ހުރި ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާކަމަށާއި، މިއީ ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދުވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރުވަނީ ދެއްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27
ފަތިސް ނަމާދުން ދުވަސް ފެށުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި2026 ޖެނުއަރީ 27
މިސަރުކާރުން ތަރައްގީކުރި ޝަހީދުއަލީ ސްކޫލަކީ އެމްޑީޕީގެ މަސައްކަތެެއްގެ ގޮތުގައި ދައްކަން އެޕާޓީގެ އެކްޓިވިސްޓުން މަސައްކަތްކުރަނީ 2026 ޖެނުއަރީ 27
މަސައްކަތްކުރާނީ މާލެއާ އެއްފެންވަރަކަށް އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ގެންދަން: ރައީސް2026 ޖެނުއަރީ 27