logo
logo
ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީ ޕީޖީ މާވަރުގަދަ: ޢަބްދުއްރަޙީމް

ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީ ޕީޖީ މާވަރުގަދަ: ޢަބްދުއްރަޙީމް

2025 އޯގަސްޓު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މީހުން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީ ޕީޖީ މާވަރުގަދަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢައްބާސްއަށް ރައްދު ދެއްވައިފިއެވެ.

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވެ ޢައްބާސްއަށް ރައްދު ދެއްވާފައި މިވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެތެރޭގައި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޕީ.އެން.ސީ ދޫކޮށްލައްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށް ޢައްބާސް ވިދާޅުވުމާއި ގުޅިގެންނެވެ.

މެމްބަރު ޢައްބާސް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި ބައެއް މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުންކޮށްލައްވާފައިވާ ކަމަށެވެ.

ޢައްބާސްގެ މި ވާހަކަތަކާއި ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ ޢައްބާސް އެ އިޝާރާތް ކުރައްވާ ބައްދަލުވުމުގައި އެބޭފުޅާވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާ ޢައްބާސްގެ އެ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"މި ބައްދަލުވުމުގައި އަޅުގަނޑުވެސް ބައިވެރިވިން. މިއީ ކަނޑައޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް. މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުން އަންނަ ޢައްބާސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމްގެ ޕާޓީ އެމްޑީއޭއަށް ނިސްބަތްވާ މެމްބަރެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް