
ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ގާނޫނަށް މުހިންމު އިސްލާހުތަކެއް!
ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފައެވެ.
މި އިސްލާހު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ބައެއް ކައުންސިލްތަކުން ހަރަދު ކުރުމުގައި ގާނޫނުގެ ތެރެއިން ވަރަށް ބޮޑަށް ދޫދީފައިވާތީ އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން އޮޑިޓް ރިޕީޓްތަކުން ފާހަގަވާން ފެށުމުންނެވެ.
އަލަށް ހުށަހެޅި އިސްލާޙުތަކުގެ ތެރޭގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ނުވުން.
• އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވުން.
• އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ ޢަދަދު 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވުން
މީގެ އިތުރުން ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ހިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށްވެސް އިސްލާހުގައި ހިމަނާފައިވެއެވެ.
މި ގާނޫނަށް ގެނައި އަނެއް އިސްލާހަކީ ކައުންސިލްތަކުގެ ޢުމުރު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަވުމާ ދެމެދު އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނޫނީ ކައުންސިލްތަކަށް ބައެއް ކަންކަން ނުނިންމޭގޮތަށް ކަނޑައެޅުމެވެ. މީގެ ތެރޭގައި:
• ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
• ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށްދޫކުރުމާއި ދިނުން.
• ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އައު ތަރައްގީގެ މަޝްރޫތައް ފެށުން.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ދައުލަތުން ދޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ. އަދި ކައުންސިލްތަކުގެ މާލީ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ބެލެހެއްޓިގެން ދާނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަތޮޅު ކައުންސިލްތައް އުވާލުން- އެލްޖީއޭއިން ގާއިމުކުރާ އިދާރާއާބެހޭ މަޝްވަރާތައް ފަށައިފި2025 ޑިސެމްބަރު 15
ދޮންފަނު ކައުންސިލުގެ ނިންމުން ޤާނޫނާ ޚިލާފު: އެލްޖީއޭ2025 ސެޕްޓެމްބަރު 12
ކުރީގެ ސަރުކާރުން އޮތީ ހުކުރު މިސްކިތާ މެދު އިހުމާލުވެފައި: އާދަމް ނަސީރު2025 އޭޕްރީލު 16
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން މަޖިލީހުން ފާސްކޮށްފި!2025 އޭޕްރީލު 15