ބޭސްފަރުވާއަށްދާ މީހުންނަށް މިއަދުން ފެށިގެން 2000 ޑޮލަރު ލިބޭނެ!

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާ އެކަން އިއުލާންކުރައްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ރާއްޖޭން ބޭރަށްދާ ކޮންމެ މީހަކަށް ބީއެމްއެލް އިން މިހާރު ވިއްކަނީ 500 ޑޮލަރެވެ. އެކަމަކު މިއަދު ގެނައި ބަދަލާ އެކު، އެ މީހަކީ ބޭސްފަރުވާއަށްދާ މީހެއް ނަމަ މިއަށްވުރެ އިތުރަށް ލިބޭނެ އެވެ.
މިހާރު ގެނައި ބަދަލާއެކު:
- އާސަންދައިގެ ދަށުން ބޭހަށްދާ މީހަކަށް ނަމަ 2،000 ޑޮލަރު
- އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް (ގިނަވެގެން 2،000 ޑޮލަރު)
- އާސަންދަ އަދި އެންސްޕާގެ އެހީ ނެތި ދާ މީހެއް ނަމަ 1،000 ޑޮލަރު
ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1200 ޑޮލަރުގެ ލިބޭނެއެވެ. އަދި މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް ސަރުކާރުން ވަނީ ދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)