
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުން މިހާރު ބަރާބަރަށް ކުރިއަށްދޭ!
ޒައުޖަތު އަޙުމަދުމިފްކޯއަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުން މިހާރު ބަރާބަރަށް ކުރިއަށްދާ ކަމަށް މިފްކޯއިން އާންމުކުރާ މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.
އެގޮތުން ފާއިތުވި ޖުލައި މަހު މަސްވެރިން ކިރުވި މަހަށް މިއަދު ފައިސާ ދީފައިވާކަމަށް މިފްކޯއިން މިއަދު ވަނީ ބުނެފައެވެ.
ޖުލައި 30 ވަނަ ދުވަހު 19 ދޯނިން މިފްކޯއަށް ކިރުވި މަހަށް 638،835.78 ރުފިޔާ ދީފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ ޖުލައި މަހުގެ 29 ވަނަ ދުވަހު 25 ދޯނިން ކިރުވި މަހަށްވާ 755،024.75ރުފިޔާ ޖުލައި 31 ގައި ދީފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
އަދި ޖުލައި 28 ގައި 31 ދޯނިން ކިރުވި މަހަށްވާ 1،096،659.00 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދައުލަތުގެ މަސްކުންފުނި މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
48 ގަޑިއިރުތެރޭ ފައިސާ ދިނުން މެދުނުކެނޑޭނެކަން ޔަޤީންވުމުން މަހުގެ އަގު ބޮޑުކުރަން ނިންމަވައިފި2025 ސެޕްޓެމްބަރު 29
މިފްކޯއިން މިހާރު ކޮންމެ ދެދުވަހުން އެއްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރޭ 2025 ސެޕްޓެމްބަރު 04
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި: ފުރަތަމަ ދުވަހުވެސް 6 ޓަނު މަސް2025 އޯގަސްޓު 31
މިފްކޯއަށް މަސްކިރުވާ ދޯނީގެ އަދަދު އިތުރުވެއްޖެ!2025 އޯގަސްޓު 27