logo
logo
ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމް ކުރުމަށް ލޯނަށް އެދުމަށް ހުރި ޝަރުޠުތައް ލުއިކޮށްފި!

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމް ކުރުމަށް ލޯނަށް އެދުމަށް ހުރި ޝަރުޠުތައް ލުއިކޮށްފި!

2025 ޖުލައި 07
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމް ކުރުމަށް ލޯނަށް އެދުމަށް ހުރި ޝަރުޠުތައް ލުއިކޮށްފިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރް. އެސް. ޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށްއެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައިވާ ކަމަށެވެ.

މި ލޯނަކީ މަސްވެރިކަމާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނެކެވެ.

މި ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ވަނީ ކުޑަ ކޮށްފައެވެ.މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެއެވެ. މި ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެއެވެ.

މި ލޯނު ދޫކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ގާތްގަނޑަކަށް 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީ މިހާރު ވަނީ ހަމަޖެހިފައެވެ.

މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭނެއެވެ. މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް