
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ފަށައިފި!
ޒައުޖަތު އަޙުމަދުކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ޓެލެމެޑިސިންގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންގެންދާނީ އައިޖީއެމްއެޗާއި ފ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެންނެވެ. އެގޮތުން ފ.އަތޮޅުގައި ނެތް ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން އަދި، ކުޅުދުއްފުށި ހޮސްޕިޓަލުގައި ނެތް ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މިއާއެކު ޓެސްޓުގެ ނަތީޖާ އޮންލައިންކޮށް ދައްކާލުންފަދަ ފަސޭހަތައް ލިބިގެންދާނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށާ ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނައިން މާލެއަށް ރިފަަރކުރަންޖެހިފައިވަނީ ހިތުގެ ބަލިތަކާއި އަދި ސްޓްރޯކްގެ ކޭސްތަކުގައި ކަމަށެވެ. ޓެލެމެޑިސިންގއާއެކު މިކަމުގައި ހޮސްޕިޓަލަށް ކުރިއެރުން އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ޚިދުމަތުގެ އިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވަނީ ގައިންގަޔަށް ނާރާ ބަލި މީހުންނަށް ޚާއްސަ ކްލިނިކެއްގެ އިތުރުން އެންޑޯމެޓްރިއޯސިސްގެ ޚިދުމަތްވެސް އިފްތިތާޙްކުރައްވާފައެވެ.
މި ޚިދުމަތްތަކާއެކު ގައިންގަޔަށް ނާރާ ބަލިތަކުން ދުރާލާ ރައްކާތެރިވެވި ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެކަމަށާ އަންހެނުންގެ ތެރޭގައި އޮތް ވޭންހުރި ބައްޔެއްގެ ގޮތުގައި އެންޑޯމެޓްރިއޯސިސް ފާހަގަކުރެވޭއިރު މީގެފަރުވާ އިތުރަށް ފުޅާވެ އެފަދަ ވޭން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގުފަހިވާނެކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
ކުޅުދުއްފުށީގައި ސިއްޙީ ޚިދުމަތް ދޭންފެށީ 1960ގެ ފަހުކޮޅުން ފެށިގެންނެވެ. ނަމަވެސް އަސާސީ ޚިދުމަތެއްގެ ގޮތުގައި ސިއްޙީ ޚިދުމަތް ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ. މިވީ 43 އަހަރުގެ ތެރޭގައި ހޮސްޕިޓަލުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހުނަރުވެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސްގެ އަނބިކަނބަލުން ގޮވާލައްވައިފި2025 އޮކްޓޯބަރު 29
އަޙްމަދިއްޔާ ސްކޫލަކީ ފަޚްރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް: ފަސްޓް ލޭޑީ ސާޖިދާ2025 ސެޕްޓެމްބަރު 06
ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި2025 ޖުލައި 20
މަންދީ އާއި ފައްޔާޒް އަދި އެމްޑީޕީގެ މައްޗަށް ދައުވާކޮށްފި2025 އޭޕްރީލު 16