ނިމުނު ހަފްތާގައި މިފްކޯއަށް ކިރުވި މަހަށް 11.6 މިލިއަން ރުފިޔާ ދޫކޮށްފި

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މިފްކޯއިންވަނީ މަސްވެރިންނަށް 11.6 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ އިތުރެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު 40 ދޯންޏަކަށް، 3.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ޖޫން ތިންވަނަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާ ދެވަނަ ހަފްތާއަށް ވުރެ އިތުރުވި ނަމަވެސް، މިއީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ދޫކުރި ފައިސާއަށް ވުރެ މަދު އަދަދެކެވެ. ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކަށް 16.7 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ
އިތުރަށް





.gif.gif&w=828&q=100)
