
ޝަރީއަތް ނިމެންދެން ޝަމްޢާނު ބަންދުކުރުމަށް ނެރުނު އަމުރު ބާޠިލް ނުކުރެވޭނެ: ސުޕްރީމް ކޯޓު
ޒައުޖަތު އަޙުމަދުކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިހެން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާޢީދު ކުރުމުން އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ނުފެންނަ ކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުންނެވެ.
ޝަމްޢާނު ވަޙީދު ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކޮށް ފައިވަނީ ޝަމްޢާންއާ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.
މި ތުޙުމަތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 21ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އަދާކުރި މަޤާމުގެ ގޮތުން ބާރާއި ނުފޫޒު އޮތުމާއި ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީއެވެ.
ކްރިމިނަލް ކޯޓުގެ މި އަމުރަށް ހައި ކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ޝަރީއަތް ކުރިއަށްގެންދިއުމަށްފަހު، އެ ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ޤާނޫނާ ޚިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. ފަނޑިޔާރުގެ އެ ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަނީ ތާޢީދު ކުރައްވާފައެވެ.
ޝަމްޢާންގެ އިތުރުން ، މި މައްސަލާގައި ހިމެނޭ އިމިގްރޭޝަންގެ މުވައްޒަފުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 25 މޭ 2025 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ވަނީ ޝަމްޢާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގެ ދަޢުވާއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ އައްޔަންކުރައްވައިފި!2025 އޯގަސްޓު 06
މިއަދަކީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް އަދުނާންގެ ފަހު ދުވަސް، ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދަށް2025 ޖުލައި 20
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފި!2025 މޭ 22
އަޒްމިރަލްދާއާއި މަހާޒް ފަނޑިޔާރުކަމުން ވަކިކޮށްފި!2025 މޭ 14