logologologologo
STO
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކޮށްފި

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 ޖޫން 10

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ.

ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތު ވެއްޖެނަމަ ރައުދުގެ މައްޗައް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.

ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ. ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

MALDIVE GASAllied Insurance
އިތުރަށް