
"މޯލްޑިވްސް 2.0" ގެ ދަށުން އެންމެ ފުރަތަމަ ޑިޖިޓަލް ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ: ރައީސް
ރާއްޖެއަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" ގެ ދަށުން އެންމެ ފުރަތަމަ ވެސް ޑިޖިޓަލް ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ ކަމަށާއި އޭގެ ސަބަބުން މައުލޫމާތު ނުފޮރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިއްޔެ ރޭ ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ފައިދާ ބޮޑުވާނެ ކަމަށެވެ. އެގޮތުން ޕްރައިވެޓް ކްލިނިކްތަކުން ޓެސްޓުތައް ހެދުމުން އޭގެ ޑޭޓާ އެހެން ހޮސްޕިޓަލުތަކަށް މިހާރު ނުލިބުނު ނަމަވެސް ޑިޖިޓަލް ކުރުމުން ހޮސްޕިޓަލުތަކުން ބޭނުން ކުރަމުން އަންނަ ކުދިކުދި ޕޯޓަލްތަކުގެ ބަދަލުގައި ބޭނުންކުރާނީ އެއް ޕޯޓަލެއް ކަމަށެވެ. އޭގެ ސަބަބުން، އެއްވެސް މީހަކަށް ޑޭޓާ ނުފޮރުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑީ ކާޑެއް ތައްޔާރު ވެގެންދާއިރު މި ޑިޖިޓަލް ކާޑުގެ ތެރެއިން އެ މީހާގެ ޑޭޓާ ހުންނާނީ ހޯދިފައި. އެހެންވީމަ ފަރުވާދޭ މީހާ އަށް ވެސް ފަސޭހަވާނެ. އޭނާގެ ކުރީގެ ޑޭޓާ ފެންނާނެ. އަމިއްލަ އަށް ވެސް އެކްސެސް ވެވޭނެ. ހުރިހާ ކުދިކުދި ޕޯޓަލްތައް އެއްކޮށްލާ އެއް ޕޯޓަލަކުން ވާނެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ބައިވަރު އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ރައީސް ވިދާޅުވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މަސައްކަތްކުރާ ޑޮކްޓަރުން، ބަލި މީހުން ބަލާ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ސަރުކާރު ހޮސްޕިޓަލުތަކުގައި ބަލި މީހުން ނުބަލައި، ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި ބަލި މީހުން ބަލަން ތިބޭ މައްސަލައިގަ އެވެ. އެހެންވެ، ބަދަލުތަކެއް ގެނެސްގެން ވިޔަސް، ހޮސްޕިޓަލުތަކުގައި ޑޮކްޓަރުން ބަލާ، ޕޭޝަންޓުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ކުރި މަސައްކަތުގެ ދަށުން އިތުރު 1،200 ވަޒީފާ އުފެއްދި ކަމަށެވެ. އަދި 4،000 މިލިއަން ރުފިޔާގެ ސިއްހީ މަަޝްރޫއުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އެބަދާ ކަމަށް ވިދާޅުވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27