އައިނު ހައްދަން އާސަންދައިން ދޭ އެއްހާސް ރުފިޔާ ދެ ހާސް ރުފިޔާއަށް ބޮޑުކުރަން ރައީސް ނިންމަވައިފި!

އައިނު ހައްދަން އާސަންދައިންދޭ 1000 ރުފިޔާ، ދެ ހާސް ރުފިޔާއަށް ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޚާއްޞަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ މިފެށޭ ޖޫން މަހުން ފެށިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދެއަހަރުން އެއް އަހަރު އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާ ބޮޑުކޮށްދެއްވުމަކީ ރިޔާސީ އިންތިޚާބުގައި ވެފައިވާ އެއް ވައުދުފުޅު ކަމަށެވެ.
ރައީސް ވިދާޅުވީ، އެކަމަކީ ދައުލަތަށް ރަައްކާ ކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކޮށްދޭ އުސޫލުގެ ތެރެއިން ކުރެވޭ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
އައިނު ހެއްދުމަށް އާސަންދައިން ކޮންމެ އަހަރަކު 1000 ރުފިޔާ ދެމުން ދަނިކޮށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ އެ އުޞޫލު ބަދަލުކޮށް، ދެ އަހަރުން އެއް އަހަރު 1000 ރުފިޔާ ދިނުމަށް ނިންމައި ޢަމަލުކުރަމުން އައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)