ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފި!

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތުގައި 12 ބޭފުޅަކަށް އެކަމަށް ކުރިމަތިލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފިއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަނީ އެ ކޯޓްގެ ދެ ފަނޑިޔާރަކު މި މަހުގެ 15 ވަނަ ދުވަހު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރީ ޖޭއެސްސީން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އެ މަޖިލީހުގައި ނެގުނު ވޯޓުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޖޭއެސްސީން އެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު މެންދުރު 12 ޖެހުމާއި ހަމައަށެވެ. މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ހައިކޯޓްގެ ފަނޑިޔާރުންނާއި ފަނޑިޔާރު ކަމުން ވަކިވެވަޑައިގެންފައިވާ ބޭފުޅުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެތެރޭގައި ހައިކޯޓްގެ އިސް ފަނޑިޔާރު މުޙައްމަދު ފައިސަލް އާއި ކުރީގެ މަޖިލީސް މެންބަރު މުޙައްމަދު ވަޙީދު އިބްރާހިމް އާއި ކުރީގެ ފަނޑިޔާރުން ކަމަށްވާ ޢަބްދުالله ޙަމީދު އާއި ޢަބްދުލް ޣަނީ މުޙައްމަދާއި ސުޖާޢު އުސްމާން އާއި އަޙުމަދު ހައިލަމް އާއި މުޙައްމަދު ރާޤިބު އަޙުމަދު ހިމެނެއެވެ.
މީގެއިތުރުން ކުރީން ވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަަމަށް ކުުރިމަތިލެއްވި މަރްޔަމް ނިހާޔަތު އާއި އައިޝަތު ފަޒްނާ އަޙުމަދު އާއި މުޙައްމަދު ސަލީމް އާއި އިބްރާހިމް ޢަލީ ހިމެނެއެވެ.
އިތުރަށް





.gif.gif&w=828&q=100)
