logologologologo
STO
ޚަބަރު

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި!

ޗައިނާ  ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 މޭ 22

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

ޗައިނާއިން ހަދިޔާކުރި ސާމާނުގެތެރޭގައި ހިމެނެނީ ޓޭބަލް ޓެނިސް އާއި ފުޓްބޯޅަ އާއި އެތްލެޓިކްސްގައި ބޭނުން ކުރާ ބައެއް ސާމާނެވެ.މި ތަކެތި ހަދިޔާކޮށްފައިވަނީ މިއަދު ހެންވޭރު ބޯޅަ ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޗައިނާ ސަރުކާރުން ހަވާލުކުރި މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިޢުއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ތަކެތި ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރެވެ.

މިތަކެތި ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރު ވަޒީރު ރާފިއުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ އާއި ސްޓަރޓިން ބްލޮކް އާއި ހާޑަލްސް އާއި މެނުއަލް ޓައިމްކީޕިން ސާމާނާއި ސްކޯ ބޯޑާއި، ޓޭބަލް ޓެނިސް ރެކެޓާއި ޓޭބަލް ޓެނިސް ބޯޅަ އަދި ޖަޖުންނަށް ހާއްސަ ގޮނޑި ހިމެނެއެވެ.

މިކަމާއި ގުޅިގެން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ވަނީ ޗައިނާއިން ހަދިޔާކުރި ކުޅިވަރު ސާމާނުގެ އިތުރުން ކުޅިވަރު ދާއިރާއަށް އެ ޤައުމުން ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ގާއިމުކުރުމާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޗައިނާ ސަރުކާރުން އެހީތެރިވެދޭކަން ފާހަގަކޮށް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުމުން ދޭހަވަނީ ޗައިނާއިން ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމަށް ދޭ އަހަންމިޔަތުކަން ކަމަށާއި، ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއްކަމަށް ވަޒީރު ރާފިޢު ފާހަގަ ކުރެއްވިއެވެ.

އަދި ކުރިޔަށް އޮތްތަނުގައިވެސް މިހާރެކޭ އެއްގޮތަށް ޗައިނާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި ހިއްޞާވާ ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ސިނަމާލެ ބުރިޖަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް