
ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް ނެތް: ސައީދު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ އަށް ބޭނުންވާ އެންމެ މުހިއްމު އަސާސީ ތިން ބާވަތުގެ އިތުރުން 23 ބާވަތެއްގެ މުދާ މެދުނުކެނޑި ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާލަތުގައި ވެސް އެކި ގައުމުތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑޮނީޝިއާ، މެލޭޝިއާ ފަދަ ތަންތަނުން ކުރިން ނުގެންނަ ވަރަށް ބައެއް ކަހަލަ މެޓީރިއަލް އެބަ ގެނޭ. ޗައިނާގެ އެފްޓީއޭ ހަމަޖެހިފައި އޮތީ. ޗައިނާއަކީ މެޓީރިއަލް އާއި މިފަދަ މުދާ ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ ޔޫއޭއީ "ބަންދު" ކޮށްފައި އޮތަސް، ރާއްޖެ އަށް ހުރިހާ ބާވަތެއްގެ މުދާ ފަސޭހަކަމާ އެކު ޗައިނާ އިން ގެނެވޭނެ އެވެ. އަދި ތައިލެންޑާއި ކެމްބޯޑިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، މުދާ ގެނެވޭނެ ރޫޓުތައް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި ކުރިން މުދާ ނުގެންނަ ބައެއް ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެފްރިކާގެ ގައުމުތަކާ އެކު ވެސް ރާއްޖެ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ވައިގެ މަގުގެ އިތުރުން ކަނޑުމަގުން ވެސް މުދާ ގެނައުމުގެ އިތުރު މަގުތައް ބަދަލުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އިންވެސްޓަރުންނަށް ހާއްސަ ވިސާ އަންނަ މަހު ތައާރަފުކުރަނީ2026 މާރިޗު 24
އެއްވެސް ރައީސަކު ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އިސްކަމެއް ދެއްވާފައެއް ނުވޭ: ސަޢީދު2026 ޖެނުއަރީ 03
ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕަކީ ސަރުކާރަށް އާމްދަނީ ވައްދައިދޭނެ ބިޔަ މަޝްރޫޢެއް: ސަޢީދު2025 ޑިސެމްބަރު 12
ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިއްޖެ: ސަޢީދު2025 ނޮވެމްބަރު 29