logologologologo
STO
ޚަބަރު

މެލޭޝިއާގެ އައިއައިޔޫއެމުން ރައީސް ޑރ. މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

މެލޭޝިއާގެ އައިއައިޔޫއެމުން ރައީސް ޑރ. މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 އޭޕްރީލު 29

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ.

މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސަށް އަރުވާފައި ވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ އެވެ.

މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި އެމަނިކުފާނު ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ.

އައިއައިޔޫއެމްއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއްވިއެވެ.

އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. އެގޮތުން 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން ވިދާޅުވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް